ގައުމީ ޓީމާއެކު ނުދިއުމުން ރިޒޭ އާއި ސެންޓޭ ޖުރިމަނާކޮށްފި
އީގަލްސްގެ ސެންޓޭ އާއި ރިޒޭ ސަސްޕެންޑް ކޮށްފައިވަނީ 50 ހާސް ރުފިޔާ އިން (ފޮޓޯ: އިބްރާހިމް ފާއިދު)

ގައުމީ ޓީމާއެކު ނުދިއުމުން ރިޒޭ އާއި ސެންޓޭ ޖުރިމަނާކޮށްފި

އެމްއެފް ނިއުސް17 ސެޕްޓެމްބަރ 2019 08:42

މާލެ، ދިވެހިރާއްޖެ - ވޯލްޑް ކަޕް ކޮލިފައިންގައި މިމަހުގެ 5 ވަނަ ދުވަހު ގުއާމް އާއި ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ނުދިއުމުގެ ސަބަބުން ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ބޮޑު އަދަދަކުން އެފްއޭއެމް އިން ޖުރިމަނާކޮށްފި އެވެ.

އެފްއޭއެމް އިން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ރިޒޭ އާއި ސެންޓޭ ކޮންމެ ކުޅުންތެރިއަކު 50،000 ރުފިޔާ އިން ޖުރިމަނާ ކުރުމަށެވެ. އަދި މި ފައިސާ ނުދައްކަނީސް އެފްއޭއެމް ގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށްވަނީ އަންގާފަ އެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް މި ދެ ކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއްނެތި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަން ދަންނަވަމެވެ." އެފްއޭއެމް އިން ރޭ ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ މި ނިންމުމާއި ގުޅިގެން އަންނަ ބުދަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗްގައި މި ދެ ކުޅުންތެރިންނަށް ކުޅެވޭނީ ޖުރިމަނާ ފައިސާ ދެއްކުމަށްފަހުގަ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016 Maldivesfootball.com