ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ނުވެއްދުމަށް އޭއެފްސީން އަންގައިފި
އޭއެފްސީ ކަޕްގެ ޖާގަ ގެއްލުނު ގޮތް ބެލުމަށް ޔޫތް މިނިސްޓްރީން ވަނީ ކޮމިޓީއެއް އެކުލަވާލާފަ

ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ނުވެއްދުމަށް އޭއެފްސީން އަންގައިފި

އެމްއެފް ޓީމް 19 ޑިސެމްބަރ 2018 16:47

މާލެ، ދިވެހިރާއްޖެ - އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގަ ރާއްޖޭގެ ކްލަބްތަކަށް ގެއްލުމާއި ގުޅިގެން އެކަން ބެލުމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ކޮމިޓީއެއް އެކުލަވާލުމާއި ގުޅިގެން ތިންވަނަ ފަރާތެއްގެ ނުފޫޒު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ނުފޯރުވުމަށް އޭއެފްސީން އަންގައިފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔޫތް މިނިސްޓްރީން މިފަދަ ކޮމިޓީއެއް އެކުލަވާލުމާއި ގުޅިގެން 13 ޑީސެމްބަރ 2018 ގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިނިސްޓަރ މަހުލޫފް އާއި ބައްދަލުކުރައްވާ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

އަދި ފީފާ އާއި ބައިނަލްއަގްވާމީ ކުޅިވަރު ގަވަރނަންސްގެ އުސޫލްތަކުގެ ތެރެއިން އެއްވެސް މެމްބަރ އެސޯސިއޭޝަނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބެލުމާއި އެފަދަ ކަމެއް ވިލަރެސް ކުރުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ފީފާ އާއި އޭއެފްސީ އަށެވެ. އަދި މި އުސޫލުތަކުގެ ތެރެއިން ތިންވަނަ ފަރާތެއްގެ ބައިވެރުން އެއީ މިގަވާއިދުތަކުގެ ދަށުން ހުއްދަކުރާ ކަމަކަށްނުވާތީ މިކަމުގެ ލަފަޔަކަށް އެފްއޭއެމްއިން އޭއެފްސީގައި އެދިލެއްވި ކަމަށްވެސް އެ ބަޔާނުގައި ބުނެފިއިވެއެވެ.

އޭއެފްސީ އިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އަށް އެޑްރެސްކޮށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެފްއޭއެމް އަކީ މިނިވަން ސަރުކާރުގެ ނުފޫޒުން ވަކިވެފައިވާ މުއައްސަސާއެއް ކަމަށާއި އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި ހިންގަން ޖެހޭ މުއައްސަސާއެއް ކަމަށެވެ.

އަދި އެފްއޭއެމްގައި މިހާރު ހިނގަމުންދާ ކަންތައްތައް ކައިރިން ބަލަމުންދާ ކަމަށާއި ތިންވަނަ ފަރާތެއްގެ ނުފޫޒެއް ވަނުމަކީ އޭއެފްސީން އެއްވެސް ހާލެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com