އިމްރާންގެ ޓީމަށް ކޯޗްކޮށްދޭނީ ސްޓޯއިކޯވް
ސްޓޮއިކޯވް މި މަހުގެ 26 ވަނަ ދުވަހު މާލެ އަންނާނެ

އިމްރާންގެ ޓީމަށް ކޯޗްކޮށްދޭނީ ސްޓޯއިކޯވް

ޝިމާޒް ޢަލީ19 ޑިސެމްބަރ 2018 20:26

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވަދާއީ މެޗްގައި އިމްރާންގެ ޓީމުގެ ކޯޗަކަށް އޭނާ ގައުމީ ޓީމަށް ފުރަތަމަ ނެގި ކޯޗް ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯވް އިވަނޯފް ގެންނަން ހަމަޖެހިފައިވާ ކަމަށް މި މެޗް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އާއި ގުޅުވައިގެން ބާއްވާ މި މެޗަށް އިމްރާން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ އޭނާ އާއިއެކު އެކި ފަހަރު މަތިން ކުޅެފައިވާ ކުޅުންތެރިންނެވެ. މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗްގައި އިމްރާން ގެ ޓީމު "އިންމަ 11" ގެ ނަމުގައި ނިކުންނައިރު އެފްއޭއެމް ގެ ޓީމު ނިކުންނާނީ "އެފްއޭ 11"ގެ ނަމުގައެވެ.

މި މެޗްގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ މި މެޗްގައި އެފްއޭ 11 ގައި ކުޅުމެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް މޯލްޑިވްސްފުޓްބޯލް އިން ވަނީ ބުނެފައެވެ. އަދި މި މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުގެ ފަރިތަކުރުންތައްވެސް މެޗްގެ ތިން ދުވަސް ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ފަރާތުންވަނީ ބުނެފައެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ މިހާތަނަށް ގައުމީ ޓީމަށް 111 މެޗް ކުޅެފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދި ޓީމުގައިވެސް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com