އެފްއޭ ޓީމުގައި ސަލްގާޑޯ އާއި ޝުމައިކަލްގެ އިތުރުން ގިނަ ތަރިން ތަކެއް
ސަލްގާޑޯ އާއި ޝުމައިކަލް ކުޅޭނީ އެފްއޭ 11 އަށް

އެފްއޭ ޓީމުގައި ސަލްގާޑޯ އާއި ޝުމައިކަލްގެ އިތުރުން ގިނަ ތަރިން ތަކެއް

ޝިމާޒް ޢަލީ24 ޑިސެމްބަރ 2018 10:56

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވަދާއީ މެޗަށް އެކުލަވާލި "އެފްއޭ 11" ގައި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ އާއި މެންޗެސްޓަރ ޔުނައިޓެޑް ލެޖެންޑަރީ ކީޕަރު ޕީޓަރ ޝުމައިކަލްގެ އިތުރުން މިހާރުވެސް ގައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމަނައިފި އެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގެ ބައެއްގެ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް އެފްއޭއެމް އިން އެކުވަލާލި އެފްއޭ 11 ގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ޝުމައިކަލް އާއި ސަލްގާޑޯ ގެ އިތުރުން ދެން ހިމެނެނީ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އަލީ ރަޝީދު (ސިލާޗީ)، ޔޫސުފް އަޒީމް (ޔޫއްޓޭ)، އިސްމާއިލް އަނިލް، އިސްމާއިލް އާސިފް (ކުޑަ ހީނާ)، މުހައްމަދު ނަޒީހު، އަންވަރު އަބްދުލް ޣަނީގެ އިތުރުން މިހާރުވެސް ގައުމީ ޓީމަށް ކުޅެމުންދާ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަސަދުﷲ އަބްދުﷲ، މުހައްމަދު އާރިފް (ބަކާ) އަދި އަލީ ފާސިރު ފަދަ ކުޅުންތެރިންނެވެ.

އެފްއޭ 11 ގެ ކޯޗަކަށް ޓީސީ ގެ ކޯޗް މުހައްމަދު ނިޒާމް ހަމަޖައްސާފައިވާއިރު ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މެނޭޖަރ މުހައްމަދު ހާނިމް އެވެ. އެސިސްޓެންޓް ކޯޗުންގެ ގޮތުގައި އަލީ ނާޝިދު، އަހުމަދު ޝާކިރު، މުހައްމަދު ޝާޒްލީ ހިމަނާފައިވާއިރު ގޯލްކީޕަރ ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ސަލީމް އެވެ.

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ މިހާތަނަށް ގައުމީ ޓީމަށް 111 މެޗް ކުޅެފައެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދި ޓީމުގައިވެސް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެފްއޭ ޓީމުގައި ހިމެނޭ ކުޅުންތެރިން:

ޕީޓަރ ޝުމައިކަލް، މިޝޭލް ސަލްގާޑޯ، އަލީ ރަޝީދު (ސިލާޗީ)، ޔޫސުފް އަޒީމް (ޔޫއްޓޭ)، މުހައްމަދު ނާޒިމް (ފަންތޮށި)، އިސްމާއިލް އަނިލް (އަންނި)، އިސްމާއިލް އާސިފް (ކުޑަ ހީނާ)، މުހައްމަދު އާތިފް (އާތި)، އަބްދުﷲ އާމިރު، މުހައްމަދު ނަޒީހު، އަންވަރު އަބްދުލް ޣަނީ، އަހުމަދު ނިޔާޒް، މުހައްމަދު ވިލްދާން، އަކްރަމް އަބްދުލް ޣަނީ، އައްސަދު އަލީ (އަޑޭ)، މުހައްމަދު ޝިނާން (ނާނި)، އަހުމަދު އަބްދުﷲ، ޝާފިއު އަހުމަދު، އަސަދުﷲ އަބްދުﷲ، މުހައްމަދު އާރިފް، މުހައްމަދު ރަޝީދު (ހޮކޭ)، އިބްރާޙިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަހުމަދު ރިޒުވާން.

އޮފިޝަލުން:

ކޯޗް: މުހައްމަދު ނިޒާމް

މެނޭޖަރ: މުހައްމަދު ހާނިމް

އެސިސްޓެންޓް ކޯޗް: އަހުމަދު ޝާކިރު

އެސިސްޓެންޓް ކޯޗް: މުހައްމަދު ޝާޒްލީ

އެސިސްޓެންޓް ކޯޗް: އަލީ ނާޝިދު

ކީޕަރ ޓްރޭނަރ: އިބްރާހިމް ސަލީމް

ކިޓް މޭން: އިސްމާއިލް ނަސީރު/އަހުމަދު ޝާހިދު

މެޑިކަލް: ތޯރިގް މަޖީދު، އަބްދުލް ހަކީމް

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com