އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ސޮއި ނުކުރަން - އީގަލްސް
ކްލަބް އީގްލްސްގެ ކުޅުންތެރިން ދިވެހި ލީގުގެ މެޗެއް ފެށުމުގެ ކުރިން ހުއްޓިލައިގެން (ފޮޓޯ: އިބްރާހިމް ފާއިދު)

އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ސޮއި ނުކުރަން - އީގަލްސް

ޝިމާޒް ޢަލީ27 ޖެނުއަރީ 2019 10:21

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި މިހާރު އޮތް އިންތިހާބީ ހިންގާ ކޮމިޓީ ބަދަލުކުރުމަށް ކްލަބް އީގަލްސް އިން ސޮއި ނުކުރާނެ ކަމަށާއި އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އީގަލްސް އިން މިހެން ބުނެފައިވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓްގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ނުދީ އޮތް ތަފާތަ ދިހަ މައްސަލައެއްގައި އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ކްލަބުން ނެރުނު ނޫސް ބަޔާނެއްގައި ފުރަަތަމަ ޑިވިޝަނުގެ އެންމެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓަށް އިތުބާރު ނެތްކަމަށް ބުނެ ސޮއި ކޮށްފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.

ކްލަބް އީގަލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ މާޗް މަހަށް އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް، އަދި އެފްއޭއެމްގެ އިންތިހާބު އަންނަ އަހަރު ބާއްވަން ޖެހޭއިރު، އެފްއޭއެމް އިން މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަމިއްލަ އެޖެންޑާއެއް އެކަމުގައި އޮވެގެން ކަމަށެވެ.

އީގަލްސް އިން އިތުރަށް ބުނެފައިވަނީ ކްލަބެއްގެ ހައިސިއްޔަތުން އެ ކްލަބުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކަންކަން ރަގަޅު ކުރުމަށް ކަމަށާއި އަދި އެކަންކަން ރަގަޅު ކުރުމަށް މަސައްކަތް ކުރާނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com