އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް އެދި ވިކްޓަރީން ހުށައަޅައިފި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ފޮޓޯ: އިބްރާހިމް ފާއިދު)

އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް އެދި ވިކްޓަރީން ހުށައަޅައިފި

އެމްއެފް ނިއުސް10 ފެބުރުއަރީ 2019 12:29

މާލެ، ދިވެހިރާއްޖެ - ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ލީޑާޝިޕަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެދި 19 މެމްބަރު ކްލަބްގެ ސޮޔާއިއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއިވައި ދިނުމަށް އެދި ވިކްޓަރީ ސްޕޯޓްސް ކްލަބް އިން މިއަދު އެ އިދާރާ އަށް ހުށައަޅައިފި އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވައިދިނުމަށް އެދި ވިކްޓަރީން މިއަދު އެފްއޭއެމް އަށް ހުށައެޅިއިރު، އަންނަ މާޗް މަހުގެ 25 ވަނަ ދުވަހު 2019 ވަނަ އަހަރުގެ އަހަރީ އާންމު ބައްދަލުވުން ބޭއްވުމަށް އެފްއޭއެމް އިން ވަނީ ނިންމާ އެކަން އިއުލާން ކޮށްފަ އެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ އިދާރާގެ ލީޑާޝިޕަށް އިތުބާރު ނުކުރެވި، ބަދަލު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ ކޮންގްރެސް އަކުން ކަމަށްވެފައި، މެޖޯރިޓީ ކްލަބްތަކުން ސޮއިކޮށް ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ.

ވިކްޓަރީން ހުށައެޅި މައްސަލަ އާއި ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެފްއޭއެމްގެ ރައީސް އާއި ޖެނެރަލް ސެކްރެޓަރީ އާއި ގުޅަން މޯލްޑިވްސްފުޓްބޯލް އިން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއަދު ވިކްޓްރީން ހުށައެޅި ސިޓީގައި އެފްއޭއެމް ގެ ލީޑާޝިޕަށް އިތުބާރު ނުކުރެވޭ ކަންތައްތަކުގެ ތެރޭގައި މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުމާއި އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުން ހިމެނެ އެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 

ދިވެހި ފުޓްބޯޅަ ކުރި ނާރާ ސަބަބު މި ފެންނަނީ.. ތިމާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ކުރަން ޖެހެނީ... ކްލަބްތަކާއި މި ހަވާލުވަނީ ކީއްކުރަންކަން މި ފެންނަނީ.. ބައްސާމް ތި ގޮތުގަ ހިފަހައްޓާލާތީ... މި ކްލަބްތަކަށް ވެރިވެގަނެގެން ކުޅުންތެރިންގެ ހައްގު ނިގުޅައިގަންނަ އެންމެން އެބަ ޖެހޭ ބަދަލު ކުރަން.. އިތުރު ފުރުސަތު ދޭނެ ކަމެއް ނެތް

ހައްގު - 10 ފެބުރުއަރީ 2019
Reply
Reply
Dislike
Like
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com