ޓަވަރޭޒްގެ މުސާރަ ދިނުމަށް ފީފާއިން ނިއު އަށް މުހުލަތު ދީފި
ނިއުގެ ކުރީގެ ކޯޗް ބެނާޑޯ ޓަވަރޭޒް (ފޮޓޯ: އިބްރާޙިމް ފާއިދު)

ޓަވަރޭޒްގެ މުސާރަ ދިނުމަށް ފީފާއިން ނިއު އަށް މުހުލަތު ދީފި

އެމްއެފް ނިއުސް06 މާރޗް 2019 13:05

މާލެ، ދިވެހިރާއްޖެ - 2017 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ކޯޗްކޮށްދިން ޕޯޗިގަލްގެ ބެނާޑޯ ޓަވަރޭޒް އަށް އެ ކްލަބުން ދޭން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެ ކްލަބަށް އަންގައިފި އެވެ.

މޯލްޑިވްސްފުޓްބޯލް އަށް ކަށަވަރު ވެފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި ޓަވަރޭޒް އަށް އަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރާއި އެ އަދަދުގެ %5 އިންޓަރެސްޓް ހިމެނެއެވެ. ފީފާ އިން ނިއު ރޭޑިއަންޓަށް އަންގާފައިވަނީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އިތުރުން ހެދިފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރާއި އެ އަދަދުގެ %5 އިންޓަރެސްޓްގެ އިތުރުން ފީފާ އަށް ދޭން ޖެހޭ 8،000 ސްވިސް ފްރޭންކް (7961 އެމެރިކާ ޑޮލަރު) އާއިއެކު މުޅި ޖުމްލަ 33،161 އެމެރިކާ ޑޮލަރު (511،342.62) ދިވެހި ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ނިއު ރޭޑިއަންޓަށް އަންގާފަ އެވެ.

ޓަވަރޭޒް އަށް ފަސް ލައްކައަށް ވުރެ ބޮޑު އަދަދެއް 30 ދުވަހުގެ ތެރޭގައި ދިނުމަށް ފީފާއިން އެންގިއިރު މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ފީފާ އިން ވަނީ ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު އަފްޣާނިސްތާނުގެ އަމީރީ އަށް 45،636 އެމެރިކާ ޑޮލަރު (703،707.12) ދިވެހި ރުފިޔާ 45 ދުވަހުގެ ތެރޭގައި ދިނުމަށްވެސް އަންގާފަ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އަދަބެއްގެ ގޮތުން ތިން ސީޒަނަށް އެއްވެސް ކުޅުންތެރިއަކު ނިއު ރޭޑިއަންޓަށް ރަޖިސްޓްރީ ނުކުރެވޭނެ އެވެ. މޯލްޑިވްސްފުޓްބޯލް އަށް މައުލޫމާތު ލިބިފައިވާ ގޮތިގައި މި މުއްދަތުގައި އަމީރީ އަށް ދޭން ޖެހޭ ފައިސާ އެ ކްލަބުން ދީފައެއް ނުވެއެވެ.

މުސާރައިގެ ގިނަ މައްސަލަތަކެއް ޖެހި ފީފާ އާއި އެފްއޭއެމް އިން ނިއު ރޭޑިއަންޓްގެ ގިނަ މައްސަލަތަކެއް ބަލަމުންދާއިރު ދާދި ފަހުން އެފްއޭއެމް އިން ވަނީ މުސާރައިގެ ގޮތުގައި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ހަލާސްކުރަންދެން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފަ އެވެ.

ޕޯޗުގަލް އަށް އުފަން ޓަވަރޭޒް ނިއު ރޭޑިއަންޓުގެ ކޯޗް ކަމުން ވަކިކޮށްފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން ކްލަބުން ހޯދަމުންދާ ނަތީޖާ އާއި މެދު ކްލަބުގެ ޗެއާމަންގެ އިތުރުން ކްލަބްގެ ބޯޑުން ހިތްހަމަނުޖެހޭ ކަމަށް ބުނެ 25 ޖޫން 2017 ގައެވެ.

ބެނާޑޯގެ އިރުޝާދުގެ ދަށުން މާލޭ ލީގުގައި ނިއު ރޭޑިއަންޓް ކުޅެފައިވާ 10 މެޗްގެ ތެރެއިން ހަތް މެޗުން އެ ޓީމު މޮޅުވެފައިވާއިރު ތިން މެޗުން އެ ޓީމުވަނީ ބަލިވެފައެވެ. ނިއު ބަލިވެފައިވަނީ މާޒިޔާ އާއި ކްލަބް އީގަލްސްގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ފުރަތަމަ ބުރުގައި ކުޅުނު މެޗް ތަކުންނެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 

މިނިސްޓަރ މަޙުލޫފް ކޮބާ! އެފް އޭ އެމް އުވާލަން އަންގަން ވީނު.

ހަސަން - 06 މާރޗް 2019
Reply
Reply
Dislike
Like

ދެންވެސް ގޯސް ވާނީ އެހެން ބައެއް... ކީކޭ ދެން ބުނާނީ... ޒާތީވެފަ މިއޮތީ ފީފާ ވެސް...

އެ ސޮރު - 07 މާރޗް 2019
Reply
Reply
Dislike
Like
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016-2018 Maldivesfootball.com